ޑރ. އިޔާޒް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފި

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް، ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ. ޑރ. އިޔާޒް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާފައިވަނީ މިއަދު...

30 Sep 2023 | 17:00

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް، ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ.

ޑރ. އިޔާޒް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާފައިވަނީ މިއަދު ބޭއްވި ވޯޓު ކާމިޔާބުކުރައްވައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ޑރ. މުއިއްޒު ކަށަވަރުކުރެއްވުމުންނެވެ.

ޑރ. އިޔާޒް މިރޭ ވިދާޅުވެފައިވަނީ ރައީސް ސޯލިހް ގައުމަށް ކޮށްދެއްވި ހިދުމަތްތައް ރަން އަކުރުން ތާރީހުގައި ލިޔެވިގެންދާނެކަމަށާއި ދުއާއަކީ އިންތިހާބީ ރައީސަކީވެސް ރައްޔިތުންގެ އިހްސާސްތައް ދަންނަ ހިދުމަތްތެރި ރައީސަކަށް ވުން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާލާއިރު، ގާތްގަނޑަކަށް ހުރިހާ ފޮއްޓެއްހެން ގުނާ ނިމިފައިވާއިރު ޑރ. މުހައްމަދު މުއިއްޒަށް 127،927 ވޯޓު ލިބިފައިވާއިރު ރައީސް ސޯލިހަށް ލިބިފައިވަނީ 109،261 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް