ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިއަދު ކާމިޔާބު ކުރައްވައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކަށަވަރު ކުރެއްވި ޑރ. މުހައްމަދު މުއިއްޒަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންވައިފިއެވެ.
ރައީސް ނަޝީދު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދެންނެވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާފައިވާއިރު މި އިންތިހާބުން ވަލިވި އެމްޑީޕީއަށް އެއްވެސް ފަރާތަކުން ބަދުބަސް ބުނެ ފުރައްސާރަ ނުކުރުމަށްވެސް މިއަދު ރައީސް ނަޝީދު އެދިވަޑައިގެންފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރިކަމެއް ނޫންކަމަށެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާލާއިރު، ގާތްގަނޑަކަށް ހުރިހާ ފޮއްޓެއްހެން ގުނާ ނިމިފައިވާއިރު ޑރ. މުހައްމަދު މުއިއްޒަށް 127،927 ވޯޓު ލިބިފައިވާއިރު ރައީސް ސޯލިހަށް ލިބިފައިވަނީ 109،261 ވޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް