އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރެސް ކޮންފަރެންސެއް މިރޭ

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ ޕްރެސް ކޮންފަރެންސެއް މިރޭ ބާއްވަން ނިންމައިފިއެވެ. އެގޮތުން ޑރ. މުއިއްޒުގެ ކެމްޕޭނު ޓީމުން ބުނެފައިވަނީ މިރޭ ...

30 Sep 2023 | 15:55

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ ޕްރެސް ކޮންފަރެންސެއް މިރޭ ބާއްވަން ނިންމައިފިއެވެ.

އެގޮތުން ޑރ. މުއިއްޒުގެ ކެމްޕޭނު ޓީމުން ބުނެފައިވަނީ މިރޭ 22:00ގައި ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ އިއުލާނު ކުރަމުން އަންނައިރު މިހާތަނަށް 480 އަށްވުރެ ގިނަ ފޮށީގެ ނަތީޖާ ލިބިފައިވާއިރު، ލިބިފައިވާ ނަތީޖާއަށް ބަލާލާއިރު ޑރ. މުހައްމަދު މުއިއްޒަށް މިހާތަނަށް 101،773 ވޯޓު ލިބިފައިވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް  ލިބިފައިވަނީ 87،364 ވޯޓެވެ. ނިސްބަތުން ބަލާނަމަ ޑރ. މުއިއްޒަށް 53.8 އިންސައްތަ އަދި ރައީސް ސޯލިހަށް 46.2 އިންސައްތަ ވޯޓު މިވަނީ ލިބިފައެވެ.

އެހެންކަމުން މި ނަތީޖާއަށް ބަލާއިރު ބާކީ ވޯޓުފޮށިތައް ގުނި ނަމަވެސް ކާމިޔާބު ކުރެވޭވަރުގެ ނަތީޖާއެއް ދެން ރައީސް ސޯލިހަށް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. މި ނަތީޖާއަށް ބަލާނަމަ ޑރ. މުހައްމަދު މުއިއްޒު މިވަނީ ރިޔާސީ އިންތިހާބު 2023 ކާމިޔާބު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް