އިންތިހާބުގެ ދެވަނަ ބުރު: މިވަގުތު ކުރީގައި އުޅުއްވަނީ ޑރ. މުއިއްޒު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ގުނަން ފަށާފައި ވާއިރު، މިވަގުތު ކުރީގައި އުޅުއްވަނީ ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ބުރުރގައި ޖުމުލަ 586 ވޯޓު ފޮށި ބަހައްޓ...

30 Sep 2023 | 13:38

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ގުނަން ފަށާފައި ވާއިރު، މިވަގުތު ކުރީގައި އުޅުއްވަނީ ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ބުރުރގައި ޖުމުލަ 586 ވޯޓު ފޮށި ބަހައްޓާފައި ވާއިރު، މިއަދުގެ 6:00 ގެ ނިޔަލަށް ގުނުނު 118 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންނެވީ 54 އިންސައްތަ ވޯޓެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 46 އިންސައްތައެވެ.

ވޯޓުލުން ހެނދުނު 08:00ގައި ފެށިގެން ކުރިއަށް ގޮސްފައި ވާއިރު، ހަވީރު 05:00 ގައި ވޯޓު ކިއޫ ބަންދު ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް