ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު ހަމަވެ، ވޯޓު ފޮށިތައް ބަންދު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން (އީސީ)އިން ބުނީ، ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގެ ވޯޓު ނެގުމުގެ ވަގުތު 17:00އަށް ހަމަވެ ކިއުތައްވަނީ ބަންދުކުރެވިފައިވާ ކަމަށެވެ. 17:00 އާހަމައަށް ކިއުގައި މީހުންތިބިނަމަ އެ މީހުން ވޯޓުލާ ނިމުމުން ފޮށި ބަންދުކުރެވޭނެ ކަމަށް އީސީން ބުނެފައި ވެއެވެ.
ރިޔާސީ އިންތިޚާބު ދެވަނަ ބުރުގައި 16:00އާ ހަމައަށް ވޯޓުލާފައިވަނީ 78 އިންސައްތަ މީހުން ކަމަށް އީސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް