ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް މާލޭގައި އިތުރުވެއްޖެ – ފިޔަވަޅުތައް ވަރުގަދަކޮށްފީމު: ފުލުހުން

ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކތްތައް މާލެތެރޭގައި މިއަދު އިތުރުވަމުންދާކަމަށް ފުލުހުންނަށް ފާހަގަވުމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ...

30 Sep 2023 | 11:01

ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކތްތައް މާލެތެރޭގައި މިއަދު އިތުރުވަމުންދާކަމަށް ފުލުހުންނަށް ފާހަގަވުމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަންޖެހޭ މަސައްކަތް މިގެންދަނީ ކުރަމުން ކަމަށެވެ.

"މިފަދަ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި މިއަދު އިންތިހާބާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާދިނުންފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވެއެވެ. މި މައްސަލަތައް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ." ފުލުހުން އިތުރަށް ބުނެފައިވެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކަށް ހަމަލާދިން މައްސަލައެއް ފުލުހުން އަންނަނީ މިއަދު ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް