ތިނަކާއި ހަމައަށް 70 އިންސައްތަ މީހުން ވޯޓުލުމުގެ ހައްގު އަދާކޮށްފި

މެންދުރުން އަނބުރާ 15:00 އާއި ހަމައަށް 70.37 އިންސައްތަ މީހުން ވޯޓުލުމުގެ ހައްގު އަދާކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ 15:00 އާއި ހަމައަށް އަދަދު...

30 Sep 2023 | 10:47

މެންދުރުން އަނބުރާ 15:00 އާއި ހަމައަށް 70.37 އިންސައްތަ މީހުން ވޯޓުލުމުގެ ހައްގު އަދާކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ 15:00 އާއި ހަމައަށް އަދަދުތަކަށް ބަލާލާއިރު 100160 އަންހެނުންނާއި 98863 ފިރިހެނަކު ވޯޓުލާފައިވާކަމަށެވެ. އެއީ ޖުމްލަ  199023 މީހުންނެވެ.

އެ އަދަދަށް ބަލާނަމަ އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 70.37 އިންސައްތައެވެ. ވޯޓުނުލާ އަދި 83،781 މީހަކު ތިބިއިރު، ވޯޓު ނުލާ އިންސައްތައަކީ 29.63 އެވެ.

ވޯޓުލުން ހެނދުނު 08:00ގައި ފެށިގެން ކުރިއަށްދާއިރު ވޯޓުލުން ކުރިއަށްދާނީ ހަވީރު 05:00 އާއި ހަމައަށް ކަމަށާއި އަދި ވަގުތު އިތުރު ނުކުރާނެ ކަމުގައި އެ ކޮމިޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް