ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މަރަދޫ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ މެންބަރު އިބްރާހިމް ޝަރީފަށް ބަޔަކު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މިކަމާއި ގުޅޭގޮތުން ދެންމެ ފުލުހުން ބުނެފައިވަނީ މެންހެޓަން ބިޒްނަސް ހޮޓެލް ތެރޭގައި ހުއްޓާ ޝަރީފަށް ބަޔަކު ހަމަލާ ދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން" ފުލުހުން ބުނެފައިވެއެވެ.
އައްޑޫ ޝަރީފަށް ހަމަލާ ދިނީ ކޮން ބައެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ފޮޓޯތަކުން ފެންނަގޮތުގައި ހަމަލާދީ ލޯމަތި ފަޅާލައި ލޭ އަރުވާލާފައިވެއެވެ.
އައްޑޫ ޝަރީފަށް ބަޔަކު ހަމަލާ ދީފައިވާއިރު ފޭދޫ ދާއިރާގެ މެންބަރު ނިހާދަށް ހަމަލާދިންކަމަށް ބުނާ މައްސަލައެއްވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް