އެމްޕީ ނިހާދަށް ހަމަލާދިންކަމަށްބުނާ މައްސަލަ ތަހުގީގު ކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ފެދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދިންކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ ފޭދޫ ...

30 Sep 2023 | 09:25

ރައްޔިތުންގެ މަޖިލީހުގެ ފެދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދިންކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުގެ ގައިގާ ޖަހާފައިވާ މައްސަލަ މިއަދު 11:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

"މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން" ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނިހާދަށް ހަމަލާ ދީފައިވަނީ ވޯޓުލާ މަރުކަޒު ސަރަހައްދުންނެވެ. ނިހާދު މިވަގުތު ހުންނެވީ ރަށުގައެވެ. ދިންކަމަށް ބުނާ މި ހަމަލާގައި ނިހާދަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް