އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވޯޓުލާން ވަޑައިގެންނެވުމުން، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިމްރާނަށް އިންޒާރު ދީފިކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތުން ބުނީ، ޢިމްރާން ގިޔާސުއްދީން ސުކޫލުގައި ހުރި ވޯޓުލާ މަރުކަޒައި ހަރަކާތްތެރިވަނިކޮށް ނަރީޝް، ޝައިޚް އިމްރާނާ ދިމާލަށް އަވަގުރާނަގޮވާ އަޑުގަދަކޮށް އިންޒާރު ދީފައިވާ ކަމަށެވެ. އަދި ރެއިން ފެށިގެން މިފަދަ ބިރުދެއްކުމުގެ ކަންކަން ޑރ މުއިއްޒުގެ ކެމްޕޭނުން ހިންގަމުންދާ ކަމަށެވެ.
އެހެންކަމުން އަދާލަތުން ވަނީ އެކަންކަން ހުއްޓާލުމަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް