މެންދުރު 13:00 އާއި ހަމައަށް %52.8 މީހުން ވޯޓުލުމުގެ ހައްގު އަދާކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ 13:00 އާއި ހަމައަށް އަދަދުތަކަށް ބަލާލާއިރު 73234 އަންހެނުންނާއި 76290 ފިރިހެނަކު ވޯޓުލާފައިވާކަމަށެވެ. އެއީ ޖުމްލަ 149524މީހުންނެވެ.
އެ އަދަދަށް ބަލާނަމަ އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 52.87 އިންސައްތައެވެ. ވޯޓުނުލާ އަދި 133280 މީހަކު ތިބިއިރު، ވޯޓު ނުލާ އިންސައްތައަކީ 47.13 އެވެ.
ވޯޓުލުން ހެނދުނު 08:00ގައި ފެށިގެން ކުރިއަށްދާއިރު ވޯޓުލުން ކުރިއަށްދާނީ ހަވީރު 05:00 އާއި ހަމައަށް ކަމަށާއި އަދި ވަގުތު އިތުރު ނުކުރާނެ ކަމުގައި އެ ކޮމިޝަނުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް