ހަތަރު ގަޑިއިރު ތެރޭގައި %44 މީހުން ވޯޓު ލައިފި

މެންދުރު 12:00 އާއި ހަމައަށް %44 މީހުން ވޯޓުލުމުގެ ހައްގު އަދާކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ 12:00 އާއި ހަމައަށް އަދަދުތަކަށް ބަލާލާއިރު 61343...

30 Sep 2023 | 08:03

މެންދުރު 12:00 އާއި ހަމައަށް %44 މީހުން ވޯޓުލުމުގެ ހައްގު އަދާކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ 12:00 އާއި ހަމައަށް އަދަދުތަކަށް ބަލާލާއިރު 61343 އަންހެނުންނާއި 65523 ފިރިހެނަކު ވޯޓުލާފައިވާކަމަށެވެ. އެއީ ޖުމްލަ 126866 މީހުންނެވެ.

އެ އަދަދަށް ބަލާނަމަ އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 44.86 އިންސައްތައެވެ. ވޯޓުނުލާ އަދި 155938 މީހަކު ތިބިއިރު، ވޯޓު ނުލާ އިންސައްތައަކީ 55.14 އެވެ.

ވޯޓުލުން ހެނދުނު 08:00ގައި ފެށިގެން ކުރިއަށްދާއިރު ވޯޓުލުން ކުރިއަށްދާނީ ހަވީރު 05:00 އާއި ހަމައަށް ކަމަށާއި އަދި ވަގުތު އިތުރު ނުކުރާނެ ކަމުގައި އެ ކޮމިޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް