މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް – ހަތް މީހަކު ދޫކޮށްލައިފި

ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާއި ގުޅޭ މައްސަލަތަކުގައި މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިކަން ހާމަކުރަމުން ބުނެފަ...

30 Sep 2023 | 07:23

ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާއި ގުޅޭ މައްސަލަތަކުގައި މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކުރަމުން ބުނެފައިވަނީ އެ 10 މީހުންގެ ތެރެއިން ހަތް މީހަކު މިހާތަނަށް ދޫކޮށްލާފައިވާކަމަށެވެ.

މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ލ. ފޮނަދޫ ޕޯލް ސްޓޭޝަނެއްގައި ހަރަކާތްތެރިވި އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައިދޭ މައްސަލަ ފެންމަތިވެފައިވާއިރު ފުލުހުން އަންނަނީ އެ މައްސަލައިގާ ބަލަންޖެހޭ ކަންކަން ބަލަމުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ މައްސަލަ ގިނަކަމަށް ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް