ވޯޓު ލުމުގެ ހައްގު އަދާކުރި މީހުންގެ އަދަދު 97 ހާހުން މައްޗަށް

ހެނދުނު 11:00 އާއި ހަމައަށް 97220 މީހަކު، ވޯޓުލުމުގެ ހައްގު އަދާކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ 11:00 އާއި ހަމައަށް އަދަދުތަކަށް ބަލާލާއިރު 447...

30 Sep 2023 | 07:02

ހެނދުނު 11:00 އާއި ހަމައަށް 97220 މީހަކު، ވޯޓުލުމުގެ ހައްގު އަދާކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ 11:00 އާއި ހަމައަށް އަދަދުތަކަށް ބަލާލާއިރު 44763 އަންހެނުންނާއި 52457 ފިރިހެނަކު ވޯޓުލާފައިވާކަމަށެވެ. އެއީ ޖުމްލަ 97220 މީހުންނެވެ.

އެ އަދަދަށް ބަލާނަމަ އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 34.38 އިންސައްތައެވެ. ވޯޓުނުލާ އަދި 186584 މީހަކު ތިބިއިރު އަދި ވޯޓު ނުލާ އިންސައްތައަކީ 65.62 އެވެ.

ވޯޓުލުން ހެނދުނު 08:00ގައި ފެށިގެން ކުރިއަށްދާއިރު ވޯޓުލުން ކުރިއަށްދާނީ ހަވީރު 05:00 އާއި ހަމައަށް ކަމަށާއި އަދި ވަގުތު އިތުރު ނުކުރާނެ ކަމުގައި އެ ކޮމިޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް