އިންތިހާބުގެ ދެވަނަ ބުރު: މުއިއްޒު ވޯޓު ލައިފި

ރިޔާސީ  އިންތިހާބުގެ ދެވަނަ ބުރުގައި، އިދިކޮޅު ޕީޕީއެން/ޕީއެންސީއިން ވާދަ ކުރައްވާ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައިފިއެވެ. މުއިއްޒު  ވޯޓު ލާފައި ވަނީ ތާޖުންދީން ސްކޫލުގައި ހުންނަ ވޯޓު ފޮއްޓ...

30 Sep 2023 | 03:53

ރިޔާސީ  އިންތިހާބުގެ ދެވަނަ ބުރުގައި، އިދިކޮޅު ޕީޕީއެން/ޕީއެންސީއިން ވާދަ ކުރައްވާ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައިފިއެވެ.

މުއިއްޒު  ވޯޓު ލާފައި ވަނީ ތާޖުންދީން ސްކޫލުގައި ހުންނަ ވޯޓު ފޮއްޓަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 08:00 ގައެވެ. އިލެކްޝަންސް އިން ހެނދުނު 08:15ގައި ބުނެފައިވާގޮތުގައި 80 އިންސައްތަ މަރުކަޒުގައި ގަޑިއަށް ވޯޓުލުން ފެށިފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު 08:00 އިން ފެށިގެން ހަވީރު 05:00 އާއި ހަމައަށް ކުރިއަށްދާނެއެވެ. ފުރަތަމަ ބުރަށްވުރެ މި ބުރުގައި 12 ވޯޓު ފޮއްޓެއް އިތުރުކޮށްފައިވާއިރު ވޯޓުލާ އަދަދަށްވެސް ވަނީ 409 މީހަކު އިތުރުވެފައެވެ. ޖުމްލަ ވޯޓުލާނެ އާބާދީގެ އަދަދަކީ 282804 އެވެ. އިންތިހާބުގެ ކަންކަމުގައި ޖުމްލަ 5286 އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް އިން ބުނެއެވެ. އަދި ހަވީރު 05:00ގައި ވޯޓު ކިޔު ބަންދުކުރާނެ ކަމަށާއި ވަގުތު އިތުރު ނުކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 03 ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 04 ޑރ. މުހައްމަދު މުއިއްޒެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް