ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ކުރާ ތާއީދު، އެކޯލިޝަންގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނބުރާ ގެންގޮސްފިކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ޔާމީންގެ ވަކީލުން ބުނެފިއެވެ.
ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، "ޑރ. މުއިއްޒުއަށް ކުރެއްވި ތާއީދު ރައީސް ޔާމީން އަނބުރާ ގެންދަވައިފި" ކަމަށް ބަޔާންކޮށް، ދިޔަރެސް މޫހާ އެއްގޮތަށް ހަދާފައިވާ ފޭކް ވެބްސައިޓަކުން ހަބަރު ފަތުރާފައިވާ ކަމަށެވެ.
އެ ހަބަރު މީސްމިޑިޔާގައި ދައުރުވަމުން ދާކަން ފާހަގަ ކޮށް، ވަކީލުންގެ އެ ނޫސްބަޔާނުގައި ބުނީ، އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ޑރ. މުއިއްޒުއަށް ޔާމިން ކުރެއްވި ތާއީދު އަނބުރާ ގެންދަވާފައި ނުވާކަމަށް ނޫސް ބަޔާނުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް