ޅ. ހިންނަވަރުގައި ކުޅިވަރު ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ކުއްލި ގޮތަކަށް މަރުވެފައިވަނީ މުބްތަދާ އަލީ ކިޔާ ޒުވާނެކެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލް މެންބަރ އަހްމަދު އަބްދުﷲ ވިދާޅުވީ އޭނާ ނިޔާވީ ފުޓްބޯޅަ ކުޅެން ހުއްޓާ ކަމަށެވެ.
ނަމަވެސް ބައެއް މީޑިއާތަކުގައި އެ ރަށު ކައުންސިލްގެ ނައިބު ރައީސާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި އޭނާ ނިޔާވީ ވޮލީ ކުޅެން ހުއްޓައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ޒުވާނާ ކުއްލިއަކަށް މެއަށް ތަދެއް އަރައި، ކުޅޭ ބިމަށް ވެއްޓުމުން ފުރަތަމަ ގެންދިޔައީ ހިންނަވަރު ހޮސްޕިޓަލަށެވެ. އަދި އެއަށްފަހު ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މިކަމުގައި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ. އެކި މަސް ދަރުތަކުން އެކި ގޮތަށް މައުލޫމާތު ލިބޭތީ، އެ ޒުވާނާ ނިޔާވީ ނައިފަރަށް ގެންދެވުނު ފަހުން ކަމެއް ނޫންކަމެއް ސާފެއް ނޫނެވެ.
ހިންނަވަރުގައި ކުޅިވަރު ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެފައިވާއިރު ރޭ ދަންވަރު މާފުށީ ޖަލުގައި ޑިއުޓީގައި ހުރި ޒުވާން އޮފިސަރަކުވެސް ކުއްލި ގޮތަކަށް މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް