ކުރިއަށް އޮތް ފަސް ދުވަހު ވަޔާއި ކަނޑު ވަރަށް ބޮޑަށް ގަދަވެގެންދާނެކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖޮކިލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ އެ ސާވިސް އިން މިރޭ ހާމަކުރި މޫސުމާއިބެހޭ ހަބަރެއްގައެވެ.
އެ ހަބަރުގައި ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ފަސް ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖޭގައި ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވެގެންދާނެކަމުގައި ލަފާކުރެވޭކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް