މާދަމާ (01 އޮކްޓޯބަރ 2022) ހާ ތާނގައި ބަންގާޅު ކަނޑުގައި ތޫފާނީ ސާކިއުލޭޝަނެއް އުފެދިދާނެކަމަށް ލަފާކޮށްފިއެވެ.
އިންޑިއާގައި ގާއިމްކޮށްފައިހުންނަ ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ކޮށްފައިވާ މި ލަފާގައި ބުނެފައިވަނީ މާދަމާހާތާނގައި ބަންގާޅު ކަނޑުގެ އިރު ދެކުނު އަދި މެދުއިރުން ގުޅޭ ހިސާބުގައި ސައިކްލޯނިކް ސާކިއުލޭޝަނެއް އުފެދިދާނެ ކަމަށެވެ.
މާދަމާ ހާ ހިސާބު މި ތޫފާނީ ސާކިއުލޭޝަނެއް އުފެދިދާނެކަމަށް އަންދާޒާކޮށްފައިވާއިރު ފާއިތުވި ދެތިން ދުވަހު ރާއްޖެ ސަރަހައްދަށް މިދަނީ ވިއްސާރަކުރަމުންނެވެ. މިއަދުވެސް ވައި ގަދަވެ ބައެއް ސަރަހައްދުތަކަށް ވިއްސާރަކުރަމުން އަންނައިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ އެލާޓް ނެރެފައެވެ.
ތޫފާނީ ސާކިއުލޭޝަނެއް އުފެދިދާނެކަމުގައި ބެލެވުނު ނަމަވެސް އެންމެ ފަހުން ދެ ފަހަރު ބަންގާޅު ކަނޑުގައި އުފެދިދާނެކަމަށް ބެލެވުނު ދެ ސެޓަޕުންވެސް ތޫފާނެއް އުފެދިފައެއް ނުވެއެވެ. ނުވަތަ އުފެދުނަސް އޭގެ އަސަރު މާ ބޮޑަށް ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް