ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ކެޕްޓަން ބޭންޑް ހޫރާލުމަކީ ހަޤީގީ ކެޕްޓަނަކު ކުރާނެ ކަމެއްނޫން، ރޮނާލްޑޯ އަތުން ކެޕްޓަން ބޭންޑް އަތުލަންޖެހޭ- ކަސާނޯ

ގައުމެއްގެ ގައުމީފުޓްބޯޅަ ޓީމުގެ ކެޕްޓަނަކީ ވަރަށް ހަރުދަނާ ގައުމުދެކެ ލޯބިވާ އަދި ގައުމަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރަން ޖެހޭނެ ނަމޫނާ މީހަކަށް ވާން ޖެހޭނެ ކަމަށާއި ފުޓްބޯޅަ މެޗަކުން ބަލިވެގެން ނުވ...

30 Sep 2022 | 09:45

ގައުމެއްގެ ގައުމީފުޓްބޯޅަ ޓީމުގެ ކެޕްޓަނަކީ ވަރަށް ހަރުދަނާ ގައުމުދެކެ ލޯބިވާ އަދި ގައުމަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރަން ޖެހޭނެ ނަމޫނާ މީހަކަށް ވާން ޖެހޭނެ ކަމަށާއި ފުޓްބޯޅަ މެޗަކުން ބަލިވެގެން ނުވަތަ އެހެން ވެސް ކަމަކާއި ގުޅިގެން އަތުގައި އަޅާފައި އޮންނަ ކެޕްޓަން ބޭންޑެއް ނަގާ ބިން މައްޗަށް އެއްލާލުމަކީ ގައުމެއް ދެކެ ހަޤީޤީ ލޯބިވާ ކެޕްޓަނަކު ކުރާނެ ކަމެއް ނޫންކަމަށް ރެއާލް މެޑްރިޑާއި އިޓަލީގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް އެންޓޯނިއޯ ކަސާނޯ ބުނެފިއެވެ.

ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ނިސްބަތް ކޮށް ސޯޝަލް މީޑިއާގައި އާންމުކުރި ލިޔުމެއްގައި ކަސާނޯ ބުނީ ރޮނާލްޑޯ އަކީ އާންމުކޮށް ރުޅިގަދަވެ ކެޕްޓަން ބޭންޑް ނަގާ ބިއްމައްޗަށް ޖަހާ މީހެއް ކަމަށާއި ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ގައުމީޓީމުގެ ކެޕްޓަން ކަމަށް ކުފޫހަމަވާ ކުޅުންތެރިއެއް ނޫންކަމަށެވެ. އަދި ޕޯޗުގަލް ގައުމީޓީމުގެ ކެޕްޓަން ބޭންޑް ރޮނާލްޑޯއަތުން އަތުލަން ޖެހޭ ކަމަށް ވެސް ކަސާނޯ ބުނެފައިވެއެވެ.

" ގައުމީޓީމެއްގެ ކެޕްޓަން ކަން ކުރެވޭނީ ވަރަށް ހަރުދަނާ ގައުމު ދެކެ އިންތިހާ ލޯބިވާ ތެދުވެރި މީހަކަށް، ކެޕްޓަން ބޭންޑު ބިންމައްޗަށް އެއްލާލާ މީހަކީ ހަޤީޤީ ކެޕްޓަނެއްނޫން. އެފަދަ މީހުން އަތުން ކެޕްޓަން ބޭންޑް އަތުލަން ޖެހޭ. ރޮނާލްޑޯ އަކީ ޕޯޗުގަލް ގައުމީޓީމުގެ ކެޕްޓަން ކަމަށް ކުފޫހަމަވާ މީހެއް ނޫން. އޭނާއަތުން ކެޕްޓަން ބޭންޑް ނަގަން ޖެހޭ." ކަސާނޯގެ މެސެޖުގައި ބުނެފައިވެއެވެ.

ކަސާނޯ އަކީ އާންމުކޮށް ސޯޝަން މީޑިއާގައާއި އެހެނިހެން ގޮތް ގޮތުން ވަރަށް ގިނައިން ރޮނާލްޑޯއަށް ފާޑުކިޔާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މީގެ ކުރިންވެސް ރޮނާލްޑޯ ފުޓްބޯޅައިން ރިޓަޔަރ ވުމަށް ވެސް ކަސާނޯ ވަނީ ގޮވާލާފައެވެ. އަދި ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނޭ ކުޅުންތެރިއެއް ނޫންކަމަށް ބުނެވެސް ކަސާނޯ ވަނީ ސޯޝަލް މީޑިއާގައި ލިޔުމެއް އާންމުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް