ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު

ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށް މެޓުން ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން 18:00 އާއި ދެމެދުގެ...

30 Sep 2022 | 07:32

ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށް މެޓުން ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން 18:00 އާއި ދެމެދުގެ ވަގުތަށެވެ.

ހުދު، މި ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ނެރެފައިވާ ހުދު ސަމާލުވެސް މެންދުރުފަހު 02:00 އާއި ހަމައަށް ދެމިގެންދާނެއެވެ. ހުދު، އެ ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް