ގދ. ތިނަދޫ ނެރުމައްޗަށް ދޯންޏެއް އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި "ފަހިމަގު" ނަމަކަށް ކިޔާ މަސް ދޯންޏެއް، ގދ. ތިނަދޫ ނެރުމައްޗަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ ރޭ 20:40 ހާއިރުއެވެ.
ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް، ދޯނީގެ ނަގިލި ލުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށާއި އަދި ދިޔަވަރު ބޮޑުވުމުން ދޯނި ފުންކުރުމުގެ މަސައްކަތް ފަށައި، ރޭ 01:10 ހާއިރު އެ ދޯނި ވަނީ ފުންކުރެވިފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މިހާދިސާ ހިނގިއިރު އެ ދޯނީގައި 15 މީހުން ތިބި ކަމަށާއި އަދި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް