ސައޫދީގައި ތަޅާފޮޅުމެއް ހިންގި ތިން އަންހެނަކާއި ތިން ފިރިހެނަކު ހައްޔަރުކޮށްފި

ސައޫދީ އަރަބިއްޔާގައި އާއްމު ތަނެއްގައި ތަޅާފޮޅުމެއް ހިންގި ހަ މީހަކު ހައްޔަރުކޮށްފިއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެނަކާއި ތިން ފިރިހެނެކެވެ. ސައޫދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހަ މ...

30 Sep 2022 | 03:50

ސައޫދީ އަރަބިއްޔާގައި އާއްމު ތަނެއްގައި ތަޅާފޮޅުމެއް ހިންގި ހަ މީހަކު ހައްޔަރުކޮށްފިއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެނަކާއި ތިން ފިރިހެނެކެވެ.

ސައޫދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހަ މީހުން ހައްޔަރުކޮށްފައިވަނީ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ކޮންސަޓެއް ކުރިއަށްދަނިކޮށް ފެށި ޒުވާބެއް އަރައިރުމަކާ ހަމައިން ތަޅާފޮޅުމަކާ ހަމައަށް ގެންގޮސް އާންމު ހަމަޖެހުން ނަގާލި މައްސަލައިގައެވެ.

މި މައްސަލައިގާ ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސައޫދީ ފުލުހުންނާ ހަވާލާދީ ސައޫދީ މީޑިއާގައި ހާމަކޮށްފައިވާގޮތުގައި މި ހަ މީހުން އެ ތަޅާފޮޅުން ކުރިއަށްގެންދިޔައީ ކޮންމެވެސް މައްސަލައެއްގައި ކުރިންވެސް އަރައިރުންތަކެއް ވެފައިވަނިކޮށް އަނެއްކާވެސް އެއް ސަރަހައްދަކުން އެއް ވަގުތެއްގައި ދިމާވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް