ޑިއުޓީގައި ހުރި އޮފިޝަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ޑިއުޓީގައި ހުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް) އޮފިޝަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ރޭގެ މެންދަމުގެ ވަގުތެއްގައި ހާމަކުރައްވާފައ...

30 Sep 2022 | 02:34

ޑިއުޓީގައި ހުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް) އޮފިޝަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ރޭގެ މެންދަމުގެ ވަގުތެއްގައި ހާމަކުރައްވާފައިވާގޮތުގައި ނިޔާވެފައިވަނީ މާފުށީ ޖަލުގައި ރޭ ޑިއުޓީ ކުރަމުންދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދެވެ.

"ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައި، މަރްހޫމްގެ ފުރާނައަށް ހެޔޮ ރަހުމަތް ލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން" ސީޕީގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ސީޕީ އިތުރަށް ވިދާޅުވެފައިވަނީ މަރްހޫމް ޕްރައިވެޓް އާދަމް ނައުޝާދު ނިޔާވުމަކީ އޭނާ އަށާއި މުޅި މުވައްސަސާގެ ހުރިހާ އޮފިސަރުންނާއި މުވައްޒަފުންނަށް ނުހަނު ފުން ހިތާމައެއް ކުރިމަތި ކުރުވި ހަބަރެއް ކަމަށެވެ.

ކަރެކްޝަންސް އިން ހާމަކޮށްފައިވާގޮތުގައި ނައުޝާދު ކަރެކްޝަންސް އާ ގުޅިވަޑައިގަތީ 03 ފެބްރުއަރީ 2014 ވަނަ އަހަރުގައެވެ. ނައުޝާދު ވަނީ މާފުށީ ޖަލުގެ އެކިއެކި ޔުނިޓްތަކުގައި އިހްލާސްތެރިކަމާއެކު އަށް އަހަރާއި ހަތް މަހާއި 26 ދުވަހު ހިދުމަތްކޮށްދީފައިކަން ކަރެކްޝަންސް އިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް