ބީއެމްއެލް ކަސްޓަމަރ ސަރވިސް އަށް ގުޅުމުގައި މިރޭ ދަތިތަކެއް ދިމާވެދާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރ ސަރވިސް އަށް ގުޅުމުގައި މިރޭ ދަތިތަކެއް ދިމާވެދާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ. ބީއެމްއެލް އިން އެ ކުންފުނީގެ ފޭސްބުކު ޕޭޖުގައި ޙިއްސާ ކުރި ގޮތުން ޚިދު...

30 Sep 2021 | 18:43

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރ ސަރވިސް އަށް ގުޅުމުގައި މިރޭ ދަތިތަކެއް ދިމާވެދާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން އެ ކުންފުނީގެ ފޭސްބުކު ޕޭޖުގައި ޙިއްސާ ކުރި ގޮތުން ޚިދުމަތަށް ބުރޫ އަރާނީ މިރޭގެ ދަންވަރު ދޭކާއި ތިނަކާ ދެތެރޭގަ އެވެ. އަދި މިކަމުގެ ސަބަބުން ގުޅުއްވައިގެން ހޯދާ ޚިދުމަތަކަށް ބުރޫ އަރާފާނެ އެވެ.

އެ ބޭންކުގެ ކަސްޓަމަރ ސަރވިސް އިން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މަސައްކަތް ކުރުމަށް މިފަދަ ވަގުތެއް މި ނެގީ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ކުޑަ ކުރުމަށް ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

އެހެން ކަމުން މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ބަހައްޓަވާ ކެތްތެރިކަމާއި ދެއްވާ އެއްބާރުލުމަށް އެ ބޭންކުން ވަނީ ޝުކުރު ދަންނަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް