އެމްޓީސީސީން ބަސް ޑްރައިވަރުންނާާާާ ބަސް އެޓެންޑެންޓުން ހޯދަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބަސް ޑްރައިވަރުންނާއި ބަސް އެޓެންޑެންޓުން ހޯދަން ޢިއުލާނު ކޮށްފި އެވެ. ބަސް ޑްރައިވަރުންގެ ގޮތުގައި 23 މީހުން ހޯދާ އިރު، ބަސް އ...

30 Sep 2021 | 18:18

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބަސް ޑްރައިވަރުންނާއި ބަސް އެޓެންޑެންޓުން ހޯދަން ޢިއުލާނު ކޮށްފި އެވެ.

ބަސް ޑްރައިވަރުންގެ ގޮތުގައި 23 މީހުން ހޯދާ އިރު، ބަސް އެޓެންޑުންގެ ގޮތުގައި 16 މީހުން ހޯދަން ވަނީ އިޢުލާން ކޮށްފަ އެވެ.

އެމްޓީސީސީން ބުނީ ބަސް ޑްރައިވަރުންގެ މުސާރަ އަކީ 14،000 ރުފިޔާ ކަމަށާއި ބަސް އެޓެންޑެންޓުންގެ މުސާރަ އަކީ 10،000 ރުފިޔާ ކަމަށެވެ.

އެގޮތުން މި މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަވިއު ކުރިއަށްދާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޓީސީސީ ރީލޮކޭޝަން ބިލްޑިންގ ގައެވެ. އިންޓވިއުތަކަށް ދާއިރު، އައިޑީކާޑުގެ ކޮޕީ އާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީގެންދަން ޖެހޭނެ އެވެ.

އިންޓަވިއު އޮންނާނީ އަންނަ މަހު ތިނެއް ވާ އާދީއްތަ ދުވަހުގެ 14:00 ފެށިގެން 18:00 އާއި ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް