މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކުރަން ނޯޓިސް ފޮނުވައިފި އެވެ.
2019 ވަނަ އަހަރުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ އެ ދެ ބޭފުޅުން މަގާމުން ވަކި ކުރުމަށް ނޯޓިސް ފޮނުވާފައިވަނީ މިއަދު އެވެ. އަދި އެ ނޯޓިސްގެ މުއްދަތު އަންނަ މަހުގެ ތެރޭގައި ހަމަވާނެ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދު ވެސް ވަކިކުރުމަށް ބޯޑުން ލަފާދީފައިވީނަމަވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެކަން ކުރެއްވުމަށް އަދިނިންމަވާފައެއް ނުވެއެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފަރާތްތަކުގެ ލިސްޓު ފޮނުވާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ. އަދި އެކަން ތަންފީޒު ކުރާނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް