ކުޑަ މުއާ އާއި ލަމްގެ ދަރިފުޅަށް ކިޔަނީ "މުލާ"

މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އާއި އަހްމަދު މުއާޒް (ކުޑަމުއާ)ގެ އަލަތު ދަރިފުޅަށް ކީ ނަން ހާމަކޮށްފިއެވެ. ލަމް ވިހެއީ މިމަހުގެ ހަ ވަނަ ދުވަހު ގައެވެ. ދެމީހުންގެ ދަރިފުޅަށް ކީ ނަން ލަމ...

30 Sep 2021 | 17:19

މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އާއި އަހްމަދު މުއާޒް (ކުޑަމުއާ)ގެ އަލަތު ދަރިފުޅަށް ކީ ނަން ހާމަކޮށްފިއެވެ.

ލަމް ވިހެއީ މިމަހުގެ ހަ ވަނަ ދުވަހު ގައެވެ. ދެމީހުންގެ ދަރިފުޅަށް ކީ ނަން ލަމް އިންސްޓަގްރާމް މެދުވެރިކޮށް ރަސްމީކޮށް ހާމަކުރީ މިއަދު އެވެ.

ލަމްވަނީ ދެމީހުންގެ އަލަތު ފިރިހެން ދަރިފުޅުގެ ނަން ހާމަ ކުރުމުގެ ގޮތުން ކުއްޖާގެ ފައި ފްރޭމްއެއްގެ މައްޗަށް އަރާގޮތަށް އިންނަ ރީތި ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ. އެ ފްރޭމްގައި ދަރިފުޅުގެ ފައިގެ ނިޝާން ޖަހާފައިވާއިރު ދަރިފުޅަށް ކިޔަނީ "މުލާ" ކަމާއި ކުއްޖާ އުފަންވި ތާރީހާއި އެފަދަ އިތުރު މައުލޫމާތު ލިޔެފައި ހުއްޓެވެ.

ލަމް ބުނީ "މުލާ" އެ ނަން ކިޔާފައިވަނީ "މު" މުއާޒު އާއި އަދި "ލަ" ލަމްހާ އާއި ގުޅުވާލާފަ ކަމަށެވެ. މި ނަން ކިޔާފައިވަނީ ދެމަފިރިންގެ ދަރިފުޅަށް ކިޔާނެ ނަމެއް ހޯދަން ކުރި މަޖާ މަސައްކަތުގެ ތެރެއިން ކަމަށް ބުނެފައިވެ އެވެ.

ލަމް ބުނީ ދެމީހުންގެ މަަސައްކަތުން މި ނަން ފައިނަލް ކޮށްފަ އިންނަތާ ހަތަރު އަހަރު ވެއްޖެ ކަމަށެވެ. "މުލާ" މި ނަމަކީ ކުއްޖާގެ އަސްލު ނުވަތަ ފުރިހަމަ ނަން ކަމެއް ނޫނީ ލޯބިން ކިޔާ ނަން ކަމެއް ލަމް ބުނެފައެއް ނުވެ އެވެ.

https://www.instagram.com/p/CUchtYAohVr/

ލަމްވަނީ ސޯޝަލް މީޑިއާ އާއި އެނޫން ގޮތްގޮތުން އޭނާ ބަނޑުބޮޑުވީންސުރެ މީހުންގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަމުގެ ބަސްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

އިންސްޓްގަރާމްގައި 65 ހާހަށްވުރެ ގިނަ މީހުން ލަމް ފޮލޯ ކުރެ އެވެ. އަދި އެތައް ހާސް ބަޔަކު އޭނާ އިންސްޓަގްރާމަށްލާ ސްޓޯރީތަކާއި ޕޯސްޓުތަކަށް ލައިކް ދީ ކޮމެންޓުކޮށް ހަދަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް