ސާފް ޗެމްޕިއަންޝިޕް 2021 ގައި ވާދަކުރާ ރާއްޖޭގ ގައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރު ދިނުމަށް ސައިކަލް ބުރެއް ބާއްވައިފި އެވެ.
މިއަދު ހަވީރު ބޭއްވި މި ސައިކަލު ބުރުގައި މިނިސްޓަރ މަޚުލޫފާއި އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
މާލޭގެ މަގުތަކުގައި ބޭއްވި މި ސައިކަލު ބުރުގައި ޤައުމީ ދިދައާއިއެކު އެމީހުން ވަނީ ގައުމީ ޓީމަށް ކާމިޔާބަށް އެދި ޝުޢޫރުތައް ފާޅުކޮށްފަ އެވެ.
މިސައިކަލުބުރުގެ ބައިވެރިން ޤައުމީ ޓީމު ތިބި ހޮޓެލްޖެން ކައިރިއަށް ސަޕޯޓަރުން ދިއުމުން ޤައުމީ ޓީމު ވަނީ ސަޕޯޓަރުންނަށް ފެނިލުމަށް ހޮޓަލުން ބޭރަށް ނިކުމެ ފައެވެ.
މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީމު މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިހު ވަނީ ވިދާޅުވެ ފައެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ބާއްވަނީ ހަމައެކަނި ރާއްޖޭގަ އެވެ. މިއީ މި މުބާރާތް ހަމައެކަނި ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުވެސް މެއެެވެ.
މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލެވެ.
މާދަމާ އިން ފެށިގެން މި މަހުގެ ސޯޅަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރއަކީ އުރީދޫ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރއަކަށް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، މެޑިކަލް ޕާޓްނަރއަކީ އޭޑީކޭ ހޮސްޕިޓަލެވެ. އަދި އިންޝުއަރެންސް ޕާޓްނަރއަކީ އެލައިޑް އިންޝުއަރެންސް އެވެ.
ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް