އުރީދޫ ކަސްޓަމަރުންނަށް 60 އިންސައްތައާހަމައަށް އިތުރު ޑާޓާއާއިއެކު މުޅިން އައު ޕެކޭޖްތަކެއް

އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކުގެ ޑޭޓާ އެލަވަންސްތަށް އިތުރުކޮށް، މުޅިން އައު ޕްލޭތަކެއް ތައާރަފްކުރުމާއި އެކު އުރީދޫ ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސ...

30 Sep 2021 | 15:32

އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކުގެ ޑޭޓާ އެލަވަންސްތަށް އިތުރުކޮށް، މުޅިން އައު ޕްލޭތަކެއް ތައާރަފްކުރުމާއި އެކު އުރީދޫ ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

އެގޮތުން ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމުގެ ތަސައްވުރާއި، ސަރުކާރުގެ ނެޓުހެޔޮ މަޝްރޫއުގެ ދަށުން ޕްރީޕެއިޑް ކަސްޓަމަރުންނަށް %60 އާއި ހަމައަށް އިތުރު ޑޭޓާ ލިބިގެންދާއިރު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްއާއިއެކު ހެޔޮ އަގުގައި މުޅިން އައު ޕެކޭޖްތަކެއް ވެސް ވަނީ ތަޢާރަފްކުރެވިފަ އެވެ.

މީގެ އިތުރުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންސްތަކަށް %25 އިތުރު ޑޭޓާ އާއިއެކު، ކަސްޓަމަރުންނަށް ޚާއްޞަ އޮފަރއެއްގެ ގޮތުގައި %80 އާއި ހަމައަށް އިތުރު ޑޭޓާ ވެސް ލިބިގެންދާނެ އެވެ.

އިތުރުވަމުން އަންނަ ޑިޖިޓަލް ޚިދުމަތްތަކާއެކު ކަސްޓަމަރުންގެ ބަދަލުވަމުންއަންނަ ބޭނުންތަކާއި އެއްގޮތުގެ މަތިން ހެޔޮ އަގުގައި ކޮލިޓީ އިންޓަރނެޓެއް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތްކުރެއެވެ.

ޕްރިޕެއިޑް ޕްލޭންތަކަށް %60 އާއި ހަމައަށް އިތުރު ޑޭޓާ

ނެޓުހެޔޮ މަޝްރޫއުގެ ދަށުން ޕްރީޕެއިޑް ޕްލޭންތަކަށް އައި ހެޔޮ ބަދަލާއެކު %60 އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު %38 އާއި ހަމައަށް އަށް ޑޭޓާގެ އަގުވެސް ވަނީ ތިރިވެފަ އެވެ. މި ހެޔޮ ބަދަލާއެކު އުރީދޫ ޕްރީޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ޑިޖިޓަލް ޚިދުމަތްތައް ބޭނުންކޮށް އިންޓަނެޓްގެ ފުރިހަމަ ބޭނުންހިފުމަށް އިތުރަށް މަގު ފަހިވެގެންދާނެ އެވެ.

30% އިތުރު ޑޭޓާއާއި އެކު މުޅިން އައު ޕޯސްޓްޕެއިޑް ޕްލޭންތަކެއް

  • 30% އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު އައު ޕްލޭންތަކެއް ތަޢާރަފްކުރެވިފައިވީއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %29 އާއި ހަމައަށް ޑޭޓާގެ އަގު ތިރިވެ ކުރިއަށްވުރެ ގިނަ ކަންކަން ހެޔޮ އަގުގައި ކުރެވިގެންދާނެއެވެ.
  • ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ވައިބަރ، ޓުވިޓަރ، ވަޓްސަޕް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓެލެގްރާމް ބޭނުންކޮށްލުމަށް ޚާއްޞަ ޑޭޓާ އެލަވަންސްއެއް ލިބިގެންދާނެއެވެ.
  • މީގެ އިތުރުން ނެޓުހެޔޮ ޕޯސްޓްޕެއިޑް 600 އާއި މަތީގެ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް ޑޭޓާ ރޯލްއޯވަރގެ ޚިދުމަތާއެކު، ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ރެގިއުލަރ ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެ އެވެ.

މިއަދު ތަޢާރަފްކުރެވުނު އައު ޕްލޭންތައް އުރީދޫ ސެލްފްކެއަރ އެޕް، އުރީދޫ ޢެޕް: http://ore.do/app މެދުވެރިކޮށް ނެންގެވޭނެ އެވެ.

ފަސޭހަ ހޯމްބްރޯޑްބޭންޑް ކަސްޓަމަރުންނަށް %25 އިތުރު ޑޭޓާ އަދި އިތުރު %80 ބޯނަސް ޑޭޓާ

  • 25% އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު ފަސޭހަ ހޯމްބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް %20 އާއި ހަމައަށް ޑޭޓާގެ އަގު ތިރިވެގެންދާނެއެވެ. މިބަދަލާއިއެކު ފަސޭހަ ހޯމް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންގެ އިތުރު ވަމުން އަންނަ އިންޓަރނެޓްގެ ބޭނުންތައް ހެޔޮ އަގުގައި ފުއްދާލެވޭނެއެވެ.
  • މީގެ އިތުރުން، ޙާއްޞަ އޮފަރއެއްގެ ދަށުން 2021 ގެ ނިޔަލަށް %80 އާއި ހަމައަށް އިތުރު ބޯނަސްޑޭޓާވެސް ލިބިގެންދާނެއެވެ.
  • ހަމައެއާއި އެކު، ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަރގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއި އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެއެވެ.

ފަސޭހަ ހޯމްބްރޯޑްބޭންޑް ނަންގަވާ ފަރާތްތަކަށް އިތުރަށް މަޑުކުރަންނުޖެހި ،ރައުޓަރ ގުޅާލުމުން ވަގުތުން ޚިދުމަތް ލިބިގެންދާނެއެވެ. އެއްތަނުން އަނެއްތަނަށް ބަދަލު ކޮށްލަން ފަސޭހަ ރައުޓަރަކާއެކު ފަސޭހަ ހޯމްބްރޯޑްބޭންޑްގެ ޚިދުމަތަކީ، ގެއިން މަސައްކަތްކުރައްވާ ބޭފުޅުންނަށާއި ކިޔަވާ ދަރިވަރުންނަށް ފަސޭހަ ޚިދުމަތެއްކަންވެސް އުރީދޫ މޯލްޑިވްސްއިން ފާހަގަކުރެއެވެ. މީގެ އިތުރުން ފަސޭހަ ސެލްފްކެއަރ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ ބެލަންސް ބަލާލާ، ޕެކޭޖް އެކްޓިވޭޓްކޮށްލެވޭނެއެވެ.

އުރީދޫގެ ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން އަރުވައެވެ. މިއަދު މޮބައިލް އަދި މޮބައިލް ބްރޯޑްބޭންޑްއަށް މި ގެނެވުނު ހެޔޮ ބަދަލާއިއެކު މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދާ ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

މިއަދު ތަޢާރަފް ކުރެވުނު އައު ޕެކޭޖްތައް 1 އޮކްޓޯބަރވާ ހުކުރު ދުވަހުންފެށިގެން ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް