ކޮވިޑު ވެކްސިންގެ 3 ވަނަ ޑޯޒެއް ރާއްޖޭގައި ޖަހަން ފެށުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްޕީއޭ އިން ބުނީ ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ސިއްޙީ ހިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން ލަފާދީފައިވާ ކަމަށެވެ.
މިގޮތަށް ނިންމާފައިވަނީ ކަމާ ބެހޭގޮތުން މިހާތަނަށްކުރެވިފައި ހުރި ދިރާސާތަކަށް ބެލުމަށް ފަހުގައި ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެެވ. އަދި ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ނިންމާފައިވަނީ ފައިޒާ ވެކްސިން ކަމަަަށެވެ.
އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޯވިޑް-19 ގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހިފަހުން ހަ މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށް ކަމަަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް