ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ހާލު، ޓިކްޓޮކް މެދުވެރިކޮށް އަންގައިދީފި އެވެ.
އޭނާ އާންމުކޮށްފައިވާ މި ޓިކްޓޮކްގައި އޭނާގެ ދެން ހަރަކާތްތެރިވަނީ ކޮން ފަރާތެއްކަމެއް ނޭނގުނަސް، ދެ ބައިވެރިންގެ މޫނުމަތިން ވެސް އުޖާލާކަމާއި އާރޯކަން ހާމަވެއެވެ.
ޓިކްޓޮކް ގައި މަޝްހޫރުކަން ހޯދާފައިވާ ޝިފާގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކުރީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
ޝިފާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވުމަށް ފަހު، ކުއްލިގޮތަކަށް އޭނާ ހޮސްޕިޓަލުގައި އެނދުމަތި ކުރި ސަބަބު އަދިހާމަކޮށްފައެއް ނުވެ އެވެ.
ޝިފާ ވަނީ ނެށުމުގެ ދާއިރާ އާއި ބައެއް ފިލްމްތަކާއި ޑްރާމާ އަދި ބައެއް ލަވަތަކުން ގިނަ ބައެއްގެ ހިތް ދަމައިގެންފަ އެވެ. އަދި އިޝްތިހާރުތަކާއި ބައެއް ޕްރޮގްރާމްތަކުން ވެސް މީހުންގެ މަގުބޫލުކަން ވަނީ ހޯދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް