ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެކުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކުރެވޭގޮތް ހެދުމާއި ދެކޮޅު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މަޖިލީހުގެ މެންބަރުންނާއި އާއިލާތަކުގެ އިތުރަށް އެ މެންބަރުންގެ އެކުވެރިންނަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރެވޭ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރުމާއި ގުޅިގެންނެވެ. އެ ކޮމިޓީން ފާސްކޮށްފައިވަނީ މެމްބަރުންގެ އިތުރު ދެ އެކުވެރިއަކަށް އެތަން ބޭނުން ކުރެވޭގޮތް ހެދުމަށެވެ.
އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަވައިދަށް ގެނައި އެ އިސްލާހު ބަދަލު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެއާޕޯޓް ވީއައިޕީ ލައުންޖު ބޭނުން ކުރެވޭ ގޮތް ހަދަން އޭނާގެ ތާއިދެއް ނެތް ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނުހައްގު ބާރުތައް ބޭނުން ކުރުމަކީ ތަހުޒީބު ކަމެއް ކަމަކަށް ދެކެވަޑައި ނުގެންނަވާ ކަމަށެވެ.
https://twitter.com/Adamshareefz/status/1443550759304323077
ކޮމިޓީގެ މި އިސްލާހު މަޖިލީހުން ފާސް ވެެއްޖެ ނަމަ ރައްޔިތުންގެ މަޖިހުގެ މެމްބަރުންގެ އަނބިންނާއި ފިރިން، ދަރިންނާއި މައިންބަފައިގެން އިތުރުން ދެ އެކުވެރިއަކަށް އެއާޕޯޓު ވީއައިޕީ ލޯންޖު ބޭނުން ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވޭނެ އެވެ.
އާދަމް މި އިސްލާހަށް ދެކޮޅު ހެއްދެވިއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ އެ އިސްލާހަށް ދެކޮޅު ހައްދަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް