މާދަމާ ރާއްޖޭގައި ފެށޭ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު މޮޅުވާ ކޮންމެ މެޗަކަށް ކުޅުންތެރިންނަށް ބޯނަސް ހަދިޔާއެއް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ފުޓުބޯޅާ ޓީމުގެ ކުޅުންތެރިންނާއި އެކު މިއަދު ހޮޓެލް ޖެންގައި ބޭއްވި ބައްދަލު ކުރެއްވުމުގައި އެވެ.
ރައީސް ވިދާޅުވީ
ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ޤައުމެއްކަމަށާއި، ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށް މކަމުގައި ރަައީސް ވަނީ ހާމަކުރައްވާފައެވެ. އަދި މި ސަރުކާރުން އެއްވެސް ކުޅިވަރެއް އަދި ބާކީ ނުކުރާ ކަމަށާއި ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރަން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ
ރައީސް ވަނީ ކޮވިޑް-19 ގެ ސަބަބުން އެހެން ހުރިހާ ކަމަކަށް އަސަރުކުރި ފަދައިން ފުޓްބޯޅައަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމުގައި ވިދާޅުވެ، މި ލިބުނު ކުޑަ މުއްދަތު ތެރޭގައި ޤައުމީ ޓީމު މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް