ހިތްވަރުގަދަ ކަމުގެ ލާމަސީލު މިސާލެކެވެ، މައިވަންތަކަމުގެ ލޯބި އިންތިހާއެވެ. އަގު ނުކުރެވޭނެ ޤުރުބާނީކެވެ. ދާ އޮހޮރުނަސް ލޯބިވާ ދަރިފުޅު ކޮނޑުމަތީ އުފަލަމުން ދިޔަ ބަތަލާއެކެވެ. އެ ދަރިފުޅަށް ވަރުބަލި ކަމެއް އިހުސާސްވިޔަ ނުދިނުމަށެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހިން މާ ދުރުގައި ހުރި ހިޔާ ޓަވަރަށް ދަރިފުޅު ގެންދިއުމަށް މަންމަ އެ ކުރި ހިތްވަރަށް އައްސަރިބަހާއި ސާބަސް މި ކިޔަނީ ޝުކުރިވެރިކަމާއެކުއެވެ.
މި މަންޒަރު ބަލަން ގިނަ ބަޔަކަށް ކެތް ނުކުރެވުނެވެ. ވަގުތުން ވަގުތަށް އެ މަންމަ އަށް އެހީތެރިވާން ތެދުވިއެވެ. ޖަމިއްޔާތަކާއި އާންމު ވިޔަފާރިތަކުންނެވެ. ޑްރައިވިން ސެންޓަރުތަކުން އެ ތިބީ ހިލޭ ސާބަހަށް އެ މަންމަ އަށް ސައިކަލު ދުއްވަން ދަސްކޮށްދޭން ތައްޔާރަށެވެ. ސައިކަލު ވިއްކާ ފަރާތެއްގެ ދީލަތީ އެހީ ވެސް އެ މަންމަ އަށް އެ ވަނީ ލިބިފައެވެ. ޖަމިއްޔާއަކުން އެ ވަނީ މަންމަ އަށް ޓެކްސީ ވެސް ހަމަޖައްސައިދީފައެވެ.
އެކަމަކު އެންމެ އެންމެ އުފާވެރި ޚަބަރަކީ މިއެއް ނޫނެވެ. މަންމަގެ ހިތްވަރު ފެނި ސަރުކާރުން ވެސް މި ވަނީ ލުއި ގޮތެއް ހަމަޖައްސައިދީފައެވެ. މި ކަމުގެ ފައިދާ އެ އަވަށުގައި ދިރިއުޅޭ މި ފަދަ ކިތަންމެ މަޔަކަށް ކުރާނެވެ، އާދޭހެވެ. ހިނދުން ހިނދަށް ބަހުގެ ޚިދުމަތް އެ އަވަށަށް ލިބޭނެ ގޮތް ހަމަޖައްސައި އެ ޚިދުމަތް ދޭނެ އަގުތަކާއެކު ތާވަލު އެ ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޢިއުލާންކޮށްފައެވެ. ކޮން ފަދަ އުފާވެރި ޚަބަރެއްތޯއެވެ؟
އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ހާމަކޮށްފައި ވަނީ، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ޓްރާންސްޕޯޓް މިނިސްޓްރީއާ އެޗްޑީސީއާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު މާދަމާއިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސައް ބަހުގެ ހިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
https://twitter.com/MTCCPlc/status/1443548109204701188
އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދެމުންދާ ބަހުގެ ހިދުމަތް ފުޅާކޮށް އެ ހިދުމަތް ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށްވެސް ދެވޭނެ ގޮތަށް މިހާރުވަނީ ބަސް ރޫޓަށް ބަދަލުގެނެވިފައެވެ އެމްޓީސީސީން ބުނީ ބަހުގެ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ އިތުރު ބަސްތައް ގެނައުމާއި، އެ ހިދުމަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް