އިޖްތިމާއީ ޒިންމާގެ ދަށުން އެމްޓީސީސީން އުނގޫފާރުގައި ދެ ހަރަކާތެއް ހިންގައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)ގެ އިޖްތިމާއީ ޒިންމާގެ ދަށުން ރ. އުނގޫފާރުގައި ދެ މަސައްކަތެއް ކޮށްފިއެވެ. އެމްޓީސީސީއިން މަޢުލޫމާތު ދޭގޮތުގައި އުނގޫފާރުގައި އެކުންފު...

30 Sep 2021 | 13:47

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)ގެ އިޖްތިމާއީ ޒިންމާގެ ދަށުން ރ. އުނގޫފާރުގައި ދެ މަސައްކަތެއް ކޮށްފިއެވެ.

އެމްޓީސީސީއިން މަޢުލޫމާތު ދޭގޮތުގައި އުނގޫފާރުގައި އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އުނގޫފާރު ބާ ހިނަވާގޭގެ ތަޅާލެވިފައިވާ ގާތައް ސާފު ކޮށްދީފަވާ ކަމަށެވެ/.

އަދި އެރަށުގެ ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ވަނީ ކޮށްދީފަ އެވެ.

މި މަސައްކަތް ނިންމާލައިފައިވަނީ 27 ސެޕްޓެމްބަރ ވީ ހޯމަ ދުވަހުއެވެ.

އެމްޓީސީއިން ވަނީ މީގެ ކުރިންވެސް އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ އެކި ރަށްރަށުގައި މިފަދަ ކަން ކަން ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް