އދ. އޮމަދޫ މޮނިޓަރިންއަށް ލައިފި

ކޯވިޑް ކޮންޓްރޯލް ކުރުމަށް އދ. އޮމަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. އެ ރަށް މޮނިޓަރިންއަށް ލީ މިއަދު އެވެ. މިއީ މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައި ތިން ވަނަ ރަށެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބް...

30 Sep 2021 | 13:39

ކޯވިޑް ކޮންޓްރޯލް ކުރުމަށް އދ. އޮމަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެ ރަށް މޮނިޓަރިންއަށް ލީ މިއަދު އެވެ. މިއީ މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައި ތިން ވަނަ ރަށެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، އޮޮމަދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އޮމަދޫއަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

އޮމަދޫން ކޯވިޑަށް ޕޮސިިޓިވްވެފައިވަނީ ބަލީގެ އަލާމާތްތަކާއި އެކު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި ތިން މީހެކެވެ.

މިއަދު މޮނިޓަރިންއަށް ގެނައި އަނެއް ދެ ރަށަކީ ނ. ވެލިދޫ އާއި އދ. މަހިބަދޫއެވެ. މި ތިން ރަށާއި އެކު ޖުމްލަ16 ރަށެއް މޮނިޓަރިންގައި އެބަ އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް