ޖާބިރު ހައްޔަރުކުރުމަށް ގޮވާލައި ކާށިދޫ ކައުންސިލުން ގަރާރެއް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށް، ތަހުގީގުކޮށް އެންމެ ހަށުކަށި ފިޔަވަޅު އެޅުމަށް އެމަނިކުފާނު ނިސްބަތްވާ ދާއިރާގެ ރަށެއް ކަމުގައިވާ ކާށިދޫ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ. ކައ...

30 Sep 2021 | 12:29

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށް، ތަހުގީގުކޮށް އެންމެ ހަށުކަށި ފިޔަވަޅު އެޅުމަށް އެމަނިކުފާނު ނިސްބަތްވާ ދާއިރާގެ ރަށެއް ކަމުގައިވާ ކާށިދޫ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

ކައުންސިލް ފަސް މެންބަރުންގެ ސޮޔާއެކު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ކީރިތި ﷲގެ ޙަޟްރަތުގައި ޤަބޫލުވެގެންވާދީނަކީ އިސްލާމް ދީންކަމަށާއި އަދި ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުންނަކީ  މުސްލިމުން ކަމުގައެވެ. އެގޮތުން ރާއްޖޭގެ ރައްވެހިކަން މުސްލިމަކަށް ނޫނީ ނުލިބޭނޭ ގޮތަށް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާއިރު، ޢައިރު ދީންތަކުގެ ޝިއާރުތައް ރާއްޖޭގައި ފާޅުކުރުމަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުން އަދަބު ކަނޑައެޅިފައިވާ ކުށަކަށް ވާހިނދު ޖާބިރުގެ މި އަމަލު ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައިވެއެވެ.

ރާއްޖޭގައި ހެދިފައިވަ ޤާނޫނު ތަކާ ޙިލާފު ވެފައިވާތީ ޖާބިރު ހައްޔަރުކޮށް، ތަޙުޤީގުކޮށް ޝަރުއީ ގޮތުންނާއި ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ސަރުކާރާއި ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލައިފައިވެއެވެ.

އިތުރަށް ފާހަގަ ކޮށްފައިވާގޮތުގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ދީނީ މިނިވަންކަމަށް އެދި ގޮވާލާ މިދެއްކެވި ވާހަކަ އަކީ ކާށިދޫ ދާއިރާގެ މެންބަރުން ތަމްސީލުކޮށް އޭނާ ދައްކާފައިވާ ވާހަކަ އެއް ނޫނެވެ.  މި ވާހަކަތަކަކީ  އެއްވެސް ޙާލެއްގައި ކާށިދޫ ދާއިރާގެ ރައްޔިތުން ބަލައިގަންނަވާހަކަ ތަކެއް ނޫންކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި މަޖިލީހުގައި ވާހަކަ ދައްކަވާއިރު ޒިންމާދާރުކަމާއެކު، ދާއިރާގެ ރައްޔިތުންގެ އިޙުސާސްތަކަށް ބެއްލެވުމާއެކު، ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކޮށްދެއްވުމަށް އެދި މެންބަރު އަބްދުﷲ ޖާބިރު އަށް ނަސޭހަތްތެރިވެލައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް