އިޒްރޭލު ސިފައިން ބަޑި ޖެހި ފަލަސްތީން ޒުވާނަކު މަރުވަންދެން ހޮސްޕިޓަލަށް ގެންދިޔަ ނުދީ ހިފަހައްޓައިފި

އިޒްރޭލް ސިފައިން ޕަލަސްތީން ޒުވާނެއްގެ ގަޔަށް ބަޑި ޖެހުމަށް ފަހު އޭނާ މަރުވަންދެން ހޮސްޕިޓަލަށް ގެންދިޔަ ނުދީ ހިފަހައްޓައިފި އެވެ. އުމުރުން 22 އަހަރުގެ އަލާ ނަސީރު މުހައްމަދު ޒައްޔޫދު މަރާލީ މިއަދު ވ...

30 Sep 2021 | 11:31

އިޒްރޭލް ސިފައިން ޕަލަސްތީން ޒުވާނެއްގެ ގަޔަށް ބަޑި ޖެހުމަށް ފަހު އޭނާ މަރުވަންދެން ހޮސްޕިޓަލަށް ގެންދިޔަ ނުދީ ހިފަހައްޓައިފި އެވެ.

އުމުރުން 22 އަހަރުގެ އަލާ ނަސީރު މުހައްމަދު ޒައްޔޫދު މަރާލީ މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި އެވެ. އޭނާ މަރާލީ އިސްރާއީލުން ހިފާފައިވާ ޕަލަސްތީނުގެ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ބުރުގިންގައި ޕަލަސްތީން ރައްޔިތުންނާއި އިސްރާއީލް ސިފައިންނާއި ދެމެދު ބަދަލު ކުރެވުނު ހަމަލާތަކެއްގައި އެވެ.

މަންޒަރު ދުށް މީހުން މީޑިއާގައި ބުނީ ޒައްޔޫދު ގަޔަށް އިސްރާއީލް ސިފައިން ބަޑި ޖެހީ ވަރަށް ކައިރިން ކަމަށެވެ. އަދި ބަޑި ޖެހުމަށް ފަހު އެމީހުން ވަނީ އޭނާ ބިންމައްޗަށް ވެއްޓުމުން ބަޑިން ވަޒަން އެރި ތަންތަނަށް ފިތާފަ އެވެ.

އެމީހުން ބުނީ ވަރަށް އަވަހަށް އެ ސަރަހައްދަށް އެމްބިއުލާންސް ދިޔަ ކަމަށެވެ. އެކަމަކު ޒައްޔޫދު ހޮސްޕިޓަލަށް ގެންދަން އޭނާ ކައިރިން އިސްރާއީލް ސިފައިން ދުރަށް ނުގޮސް އިތުރު ވެހިކަލްތަކާއި ސިފައިން އޭނާ ވަށާލީ ކަމަށެވެ. އަދި މަރުވަންދެން ވަޒަން އެރި ތަންތަނަށް ބަޑިން ފިތަން ތިބީ ކަމަށް ބުންޏެވެ.

އެމްބިއުލާންސާއި ސިއްހީ އޮފިޝަލުން ޒައްޔޫދު އާއި ކައިރިވުމުގެ ފުރުސަތުދީ އޭނާ ކައިރިން ދުރަށް މަރުވި ކަން ކަށަވަރު ކުރުމަށް ފަހު ކަމަށް މަންޒަރުދުށް މީހުން ބުނެފައިވެ އެވެ.

ފަލަސްތީންގެ ހެލްތް މިނިސްޓްރީން ބުނީ އޭނާގެ ގަޔަށް ހަތަރު ވަޒަން ޖަހާފަ ވާ ކަމަށެވެ. އޭގެ ތެރެއިން ދެ ވަޒަން ޖަހާފައިވަނީ މެއަށް ކަމަށާއި އަނެއް ދެ ވަޒަނުގެ ތެރެއިން އެއް ވަޒަން ކަރަށް ވަދެފާއިރު އަނެއް ވަޒަން ވަދެފަ ހުރީ ކަނާއަތު ފައިގެ ފަލަމަސްގަނޑަށް ކަމަށެވެ.

މީގެ އިތުރުން އިސްރާއީލް ސިފައިން ވަނީ ތިން ދަރިންގެ މަންމައެއް ކަމަށްވާ އުމުރުން 30 އަހަރުގެ އިސްރާ ހުޒައިމާ ގަޔަށް ބަޑިޖަހާ މަރާލާފަ އެވެ. އޭނާ މަރާލީ އިސްރާއީލް ސިފައިންގެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދޭން އުޅުމުން ކަމަށް ފަހުން ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހުވެސް އިސްރާއީލުން ވަނީ ޕަލަސްތީނުގެ ފަސް މީހަކު މަރާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް