ރާއްޖެއާ އިންޑިއާއާ ދެމެދު މެރިޓައިމް ސޭފްޓީ ސެކިއުރިޓީ އާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

މެރިޓައިމް ސޭފްޓީ ސެކިއުރިޓީ އާއި ބެހޭ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސޮއިކޮށްފި އެވެ. އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ....

30 Sep 2021 | 10:02

މެރިޓައިމް ސޭފްޓީ ސެކިއުރިޓީ އާއި ބެހޭ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ. އިންޑިއާ ފަރާޓުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

މި އެއްބަސްވުމަކީ "އޯގްމެންޓިންގް މެރިން ސޭފްޓީ،ސެކިއުރިޓީ އަދި އެންވިރޮމެންޓް ޕްރޮޓެކްޝަން އިން ދަ ރީޖަން ތްރޫ ދަ ކޯޕަރޭޝަން އިން ދަ ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގް އޮފް ޝިޕްސް (އެލްއާރްއައިޓީ) ސިސްޓެމް " އެވެ،

އެބަސްވުމުގެ ދަށުން ސަރަހައްދީ ސަލާމާތާއި ،ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތް ކުރުން ފުޅާކުރުމަށް މަސައްކަތް ކުރެވޭނެ އެވެ. އެގޮތުން ރާއްޖޭއަށް އިންޑިއާގެ އެލްއާރްއައިޓީ ހިދުމަތްތައް - ނެޝަނަލް ޑާޓާ ސެންޓަރު (އެންޑީސީ) އަދި އެތަނުގެ އެލްއާރްއައިޓީ ކޮންފޯރމަންސް ޓެސްޓު ފެސިލިޓީ ހިލޭ ބޭނުން ކުރެވޭނެއެވެ. މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭ،އައިއެމްއޯ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އިތުރު އެންޑީސީއެއްގެ ބޭނުމަކާއި ނުލާ އަދާކުރެވޭނެއެވެ.

ދެގައުމުންވެސް އެއްބަސް ވެފައިވަނީ "މެރިޓައިމް އެސިސްޓަންޓް ސާރވިސެސް" ، "މެރިޓައިމް ކޮންޓިންޖެންސީ މެނޭޖްމަންޓް ސިސްޓެމް" އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަށް ފާހަގަކޮށް، ގުޅިގެން ހިންގާ ތަމްރީނު ޕްރޮގްރާމް ތަކާއި ،ތަޖުރިބާއާއި މަޢުލޫމާތު ހިއްސާ ކުރުމަށެވެ.

މިއަދު ސޮއި ކުރެވުނު އެލްއާރްއައިޓީ އެއްބަސްވުމަކީވެސް އިންޑިއާ އާއި ދިވެހިރާއްޖޭ ގުޅިގެން ސަލާމަތީ ކަންކަން އަދި އިގްތިސާދީ ކުރިއެރުމަށް މަސައްކަތް ކުރުމަށް އޮންނަ އަހަންމިއްޔަތުގެ މިސާލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް