“މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ ބޮޑު ޖަލްސާ މިރޭ އޮންނާނެ އެވެ.
މި ޖަލްސާ ބާއްވަން ފުރަތަމަ ނިންމީ މި މަހުގެ 24 ވީ ހުކުރު ދުވަހުގެ ރެއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެރޭ ޖަލްސާ ބޭއްވޭގޮތް ނުވުމުން މިރެއަށް ފަސްކުރީ އެވެ.
މިއީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އަދި މާތްވެގެންވާ އިސްލާމްދީންގެ ހިދާޔަތު އޮތުމަށް ތާއީދުކުރާ ސިޔާސީ ހުރިހާ ފަރާތްތަކަށާއި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ޖަލްސާއެއް ކަމަށާއި އެހެންކަމުން ހުރިހާ ފަރާތްތަކުން މި ޖަލްސާއަށް ވަޑައިގަތުމަށް އެ ކޯލިޝަނުން ވަނީ އެދިފަ އެވެ.
މި ޖަލްސާ އޮންނާނީ މިރޭ 8:15 ގައި އަލިމަސް ކާނިވާ ސަރަހައްދުގަ އެވެ.
މިއަދު މެންދުރުފަހުން ފެށިގެން “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ލޯގޯޯ ތައްގަނޑު ޖެހުމުގެ އިންތިޒާމް ކާނިވާ ސަރަހައްދު ގައި ކުރިއަށްދާނެ ކަމަށް ޕްރިގްރެސިވް ކޯލިޝަނުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް