ކ. ހިންމަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެ އެވެ.
އެމަޝްރޫޢު ކުރިޔަށް ގެންދާ ކުންފުނި، އެމްޓީސީސީ އިން ހާމަ ކުރި ގޮތުގައި މިހާރު ކުރިޔަށް ދަނީ ޕޭވްމަންޓު ހެދުމުގެ މަސައްކަތެވެ.
މިގޮތުން މި މަޝްރޫޢުގެ ދަށުން 28،760 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރުފުން ކުރުން ހިމެނެ އެވެ. އަދި 38 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލާނެ އެވެ. އަދި 287 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލާނެ އެވެ.
އިތުރަށް ހާމަކުރެއްވި ގޮތުގައި 772 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ. މީގެ އިތުރުން މަގުބައްތި އާއި ނެރުބައްތި ހެދުމުގެ މަސްއްކަތް ވެސް ހިމެނޭކަމަށް އެކުންފުނިން ހާމަ ކުރެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 25.8 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް