މާފަންނު ގަޑި ބުރު ހަދާނެ ބަޔަކު ހޯދަން ސިޓި ކައުންސިލުން ޢިއުލާނު ކޮށްފި

މާލެ ސިޓީ ކައުންސިލުން މާފަންނު ގަޑިބުރު ހަދައިދޭނެ ބަޔަކު ހޯދަން ޢިއުލާނު ކޮށްފި އެވެ. ސިޓީ ކައުންސިލުން ހާމަ ކުރާ ގޮތުގައި އެ ފަރާތުުން ހޯދަނީ އަމިއްލަ ޚަރަދުގައި ގަޑިބުރު ހަދައިދޭނޭ ބަޔަކު ކަމަށެވެ...

30 Sep 2021 | 08:09

މާލެ ސިޓީ ކައުންސިލުން މާފަންނު ގަޑިބުރު ހަދައިދޭނެ ބަޔަކު ހޯދަން ޢިއުލާނު ކޮށްފި އެވެ.

ސިޓީ ކައުންސިލުން ހާމަ ކުރާ ގޮތުގައި އެ ފަރާތުުން ހޯދަނީ އަމިއްލަ ޚަރަދުގައި ގަޑިބުރު ހަދައިދޭނޭ ބަޔަކު ކަމަށެވެ.

މިގޮތުން މި މަސައްކަތައް އެދި ކުރިމަތިލެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ގަޑިބުރު އެންމެ ފަހުން މަރާމާތު ކުރެވުނީ 2017 ވަނަ އަހަރު ޖުލައި މަހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް