ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު ޓިކެޓް ހިލޭ ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
އެގޮތުން އެ ކުންފުނިން ވަނީ އުރީދޫގެ ޓްވިޓަރ، ފޭސްބުކް އަދި އިންސްޓަގްރާމުގައި ޕޯސްޓުކޮށްފައިވާ ޖިފް ފުރިހަމަކޮށް، ސްކްރީންޝޮޓް ރީ-ޕޯސްޓު ކުރުމުން ގުރުއަތަށް ހޮވޭނެ ކަމަށް ބުނެފަ އެވެ.
ނަސީބުވެރިން ހޮވާނީ، ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމް މެދުވެރިކޮށް ކުރާ ހުރިހާ ރީ-ޕޯސްޓެއް އެއްކޮށްލައިގެން ކަމަށާއި ދެ ނަސީބުވެރިޔަކު ހޮވުމަށް ނިންމާފައިވާ ކަމަށް ވެސް އުރީދޫ އިން ބުނެއެެވެ. އަދި ކޮންމެ ނަސީބުވެރިއަކަށް ދެ ޓިކެޓު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.
އުރީދޫ އިން ބުނީ ސްކްރީންޝޮޓް ޕޯސްޓު ކުރާއިރު #OoredooSAFFChampionship2021 މި ހޭޝްޓެގް ބޭނުންކުރުން އެދޭ ކަމަށެވެ.
https://twitter.com/OoredooMaldives/status/1443207674959564804
ޖިފްގައި ހިމެނޭ ސާފްގެ ލޯގޯ ފުރިހަމަކޮށް ރީޕޯސްޓް ކުރުމުގެ ސުން ގަޑިއަކީ މިއަދުގެ ހަވީރު 4:00 އެވެ.
މި އަހަރު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ އެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަށާނީ މާދަމާ ހަވީރ ު4 ޖަހާ އިރު އެވެ. މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ، ސްރީލަންކާ، އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް