އިންޑޮނޭޝިޔާގެ ރައްޔިތަކު ރައިސް ކުކަރަކާ ކައިވެނިކޮށް އެކަން އިންޓަނެޓުގައި ހިއްސާކޮށްފިއެވެ.
ލަގިދިރުމަށް ނަމަކަށްކިޔާ މި ޒުވާނާ އޭނާގެ ކައިވެނީގެ ފޮޓޯތައް ޝޯޝަލް މީޑިއާއަށް ދޫކޮށްލަމުން ބުނެފައިވަނީ ކައިވެނި މި ކުރީ ހަމުގެ ކުލަ އަލި، މޫނުމަތީގައި ޒުވާބު ނުކުރާނެ، އަދި ހަމަ ގައިމުވެސް ކައްކަން އެނގޭނެ ފަރާތަކާ ކަމަށެވެ.
ޓްވިޓާގައި ހާމަކުރި މި ޕޯސްޓް ވަރަށް ބޮޑަށް ވައިރަލް ވެފައިވާއިރު މިއީ އަސްލަށް ކުރި ކައިވެންޏެއް ކަމެއް، ނުވަތަ އިންޓަނެޓުގައި މަގްބޫލުކަން ހޯދަން ކުރި ކައިވެންޏެއްކަން ޔަގީނެއް ނޫނެވެ.
މިފަދަ އާދަޔާ ހިލާފު ކައިވެނިތަކުގެ ވާހަކަ މީގެ ކުރިންވެސް ތިލަވެފައި އެބަހުއްޓެވެ. ގަސްގަހާގެއްސާއި މަސްމަހާމެއްސާއި ހިފާ ގެންގުޅޭ ތަކެއްޗާ ކައިވެނި ކުރާ ވާހަަކަ އިންޓަނެޓުގެ އާކައިވްގައި ފެންނަން އެބަހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް