ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ހައްޔަރުކުރަން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ގޮވާލައްވައިފި އެެވެ.
ރާއްޖޭގެ ޖަޒީރާ އޮންލައިންއަށް ޖާބިރު މިހެން ވިދާޅުވެފައިމިވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ޖާބިރު ވަނީ ދީނީ މިންގަނޑުތަކުން ބޭރުވެފައި ކަމަށް ވިދާޅުވުމުން ނެވެ.
މަޖިލީހުގެ މެމްބަރަކަށް ވިޔަސް، އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކައެއް ތަޅުމުގައި ނުދެއްކެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
އެ ނޫހަށް ޖާބިރު ވިދާޅުވިކަމަށް ބުނެފައިވަނީ ދީނާ ޚިލާފު، އަދި ތައުބާވާން ޖެހޭ ވަރުގެ ވާހަކައެއް ދެއްކުނު ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އިއްޔެގެ މަޖިލިސް ޖަލްސާގައި ޖާބިރު އެފަދަ މޭރުމަކުން ވާހަކަ ދެއްކެވުމުން އާއްމުންގެ ފާޑުކިއުމާއި އިސްލާމިކް މިނިސްޓަރާއި ފަތުވާ މަޖިލީހުގެ ރައީސް ވެސް ޖާބިރުގެ އެވާހަކަތައް ވަނީ ކުށްވެރިކޮށްފަ އެވެ.
މި މައްސަލަ މަޖިލިސް އިދާރާއިން ވެސް ދަނީ ބަލަމުން ނެވެ.
ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް ލިއްބައިދީފައިވާ އިމްތިޔާޒްތަކުގެ ދަށުން މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ދައްކާ ވާހަކައެއް ތަހުގީގެއް ނުކުރެވޭނެ އެވެ.
އެގޮތުން ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ޚިލާފް ނުވާގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން، ނުވަތަ ވޯޓް ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާއެއްކޮން ހަދައިގެނެއް ނުވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް