ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދަރިން ކޮނޑަށް ލައިގެން ސުކޫލަށް އައިސް ގޮސް ހެދުން ނިމުމަކަށް އަންނަން އުޅޭ ކަމުގެ ފެހި ސިގްނަލް މިވަނީ ލިބިފަ އެވެ.
މިކަމަށް ހައްލެއް ގެންނަން ބޭނުންވެފައި މިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފްލެޓް ލިބިގެން ބައެއް އާއިލާތަކުުން ފްލެޓަށް ދިރިއުޅުން ބަދަލު ވުމާއި ގުޅިގެން ނެވެ. މި ދަނޑިވަޅަކީ ޚާއްސަކޮށް ދަރިން ސުކޫލަށް ގެންދަން ޖެހޭ ފަރާތްތަކަށް ދިމާވާ ދަތިތަކުގެ ޝަކުވާތައް އިތުރުވެފައިވާ ދުވަސްކޮޅެކެވެ.
ދަރިއަކު ކޮނޑަށް ލައިގެން ދެވަނަ ފިޔަވަހިން ސުކޫލަށް އައިސް ގޮސްވާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި މިފަހުން އާންމުވެފައި ވެއެވެ.
އެހެންކަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކަށް މަޢުލޫމާތު ދެއްވި ގޮތުގައި ބަހުގެ ޚިދުމަތް ދެވަނަ ފިޔަވައްސަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން އެމްޓީސީސީއާއެކު މިހާރު ވެސްދަނީ މަޝްވަރާތައް ކުރެވެމުން ނެވެ.
އަންނަ އާދީއްތަ ދުވަހުން ފެށިގެން ބަހުގެ ޚިދުމަތްތައް ފަށަން ނިންމާފައިވާ ކަމަށް މިއީ އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ޖީބަށާއި ހަށްޓަށް ލިބިގެން ދާނޭ ވަރަށް ބޮޑު ލުއިފަސޭހަ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް