އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ މެގަލާޔާގެ ނޮންޗަރަމްގައި ރިންގްޑީ ކޯރަށް ބަހެއް ވެއްޓި ފަސް މީހުން މަރުވެ އިތުރު ބަޔަކު ގެއްލިއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު އެވެ. ބަސް ކޯރަށް ވެއްޓުނު އިރު އޭގައި 21 މީހުން ތިއްބެވެ.
ފުލުހުން ބުނީ ހާދިސާގައި ފަސް މީހުން މަރުވިކަން މިހާތަނަށް ޔަގީން ކުރެވިފައިވާ ކަމަށެވެ. އަދި ދެމީހަކު ގެއްލިފައިވާ ކަމަށާއި ބާކީތިބި މީހުންނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.
އެ ސަރަހައްދުގެ ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ ގެއްލުނު ދެމީހުން ހޯދުމަށް ހުއްޓާނުލާ މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ. ބަސް ވެއްޓެން ޖެހުނު ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.
އާންމުކޮށް އިންޑިއާގައި މިފަދަ ހާދިސާތައް ހިނގަނީ އަރުވަން ޖެހޭ އަދަދަށްވުރެ ގިނަ މީހުން ބަހަށް އަރުވައިގެން ދަތުރު ކުރާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް