އަވަށްޓެރި އިންޑިއާގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު މަޑުޖެހިފައި އޮތުމަށް ފަހު، އަނެއްކާ ވެސް ކޭސްތައް މައްޗަށް ދާން ފަށައިފި އެވެ.
އެ ގައުމުގެ ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ދެ ދުވަހު ކޮވިޑު ކޭސްތަކުގެ އަދަދު މަދުވިނަމަވެސް އިއްޔެވަނީ އަނެއްކާ ވެސް ކޭސްތައް މައްޗަށްދާން ފަށާފަ އެވެ.
އެގޮތުން އިއްޔެ 20،000 ކޭސް މުޅިން އަލަށް ފެނުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާގޮތުން އަދިވެސް އެންމެގިނައިން ފެންނަނީ ޑެލްޓާ ވޭރިއަންޓެވެ. އަދި ގިނަ ކޭސްތަކަކީ ފަގީރުން ގިނައިން އުޅޭ ސަރަހައްދުތަކުން ފެންނަ ކޭސްތައް ކަމަށް ވެސް ބުނެއެވެ.
އިންޑިއާ އަކީ އާބާދީ ބޮޑު ގައުމަކަށް ވާ އިރު، އާބާދީގެ އެންމެނަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އަދިވަނީ ފުރިހަމަ ނިޒާމެއް ގާއިމު ނުކުރެވިފަ އެވެ. އަދި ކޮވިޑާއިގުޅޭ އެންމެފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް އަދިވަނީ ނުކުޅެދުންތެރިވެފަ އެވެ.
އިންޑިއާ ގައި މީގެ ކުރިންވެސް ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި މުޅިގައުމު ފުރަބަންދު ކުރަން ޖެހުމުގެ ސަބަބުން އިގްތިސޯދަށް ބޮޑު ލޮޅުމެއް އަރާ، ގައުމު އާރާސްތުކުރުމަށް ބޮޑު ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް