ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ 21 މުވައްޒަފަކަށް ޖިންސީ ގޯނާގެ ތުހުމަތު

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ) 21 މުވައްޒަފަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވިއްޖެއެވެ. އެމީހުންގެ މައްޗަށް ވަނީ ގިނަ އަންހެން ކުދިންތަކަކާއި އަންހެނުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހު...

30 Sep 2021 | 05:29

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ) 21 މުވައްޒަފަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވިއްޖެއެވެ.

އެމީހުންގެ މައްޗަށް ވަނީ ގިނަ އަންހެން ކުދިންތަކަކާއި އަންހެނުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިފައިވެއެވެ.

ޑަބްލިޔުއެޗް އޯ އަކީ އިންސާނީ އެހީ ފޯރުކޮށްދީ އާންމު ރައްޔިތުންގެ ސިއްހަތު ރައްކާތެރި ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރާ ޖަމާއަތެކެވެ. ނަމަވެސް މި ޖަމްއިއްޔާގެ ބައެއް މުވައްޒަފުންގެ މައްޗަށް މިވަނީ ބޮޑު ތުހުމަތެއް ކުރެވިފައެވެ.

އެކަމާއި ގުޅިގެން މިހާރު ވަނީ މިނިވަން ތަހުޤީގެއްކޮށް 35 ސަފްހާގެ ރިޕޯޓެއްވެސް އެކުލަވާލާފައެވެ. އޭގައިވާ ގޮތުން 50 އަށް ވުރެ ގިނަ އަންހެނުންނާއި އަންހެންކުދިންނަށް ހޮސްޕިޓަލުތަކުގައި ސިއްހީ އެހީތެރިން ޖިންސީ ގޯނާ ކޮށްފައިވެއެވެ. މި ގޮތުން މަސްތު ކޮށްގެންނާއި ގަދަކަމުން އެމީހުން ރޭޕް ކޮށްފައިވެއެވެ.

މިހެން މިކަން ހިނގާފައިވާތީވެ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ މިއީ ބަލައިގަނެވޭނޭ އަމަލެއް ނޫން ކަމުގައެވެ. އަދި މިކަމުގައި އުޒުރު ދެއްކުމުގެ ފުރުސަތެއް އޮވެގެން ނުވާނެ ކަމަށެވެ.

އެހެނީ މިއީ އިންސާނީ ކަރާމާތައް ގެއްލުންވާ އަމަލެއް ކަމުގައެވެ. އޭނާވަނީ ހިނގައި ދިޔަ ކަންތަކާ މާފައްއެދި އެފަދަ ކަމެއް ތަކުރާރު ނުވާނޭ ކަމުގެ ޔަޤީން ކަން އަރުވާފައެވެ.

އިތުރަށް ހާމަ ކުރެއްވިގޮތުގައި މި ޖަރީމާ ހިންގި ފަރާތްތައް ޖަވާބު ދާރީ ކުރުވާނެ ކަމަށާއި އަނިޔާގެ ޝިކާރަޔަކަށް ވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް